ފުރަތަމަ ފަހަރަށް، އދ. މާމިގިލީ ކައުންސިލްގެ މެޖޯރިޓީ އެ ރަށުގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީއަށް ގެއްލިއްޖެއެވެ.

މީގެ ކުރިން މާމިގިލީ ކައުންސިލްގެ މެޖޯރިޓީ އަބަދުވެސް ހޯދަމުން އަންނަ ޖޭޕީއަށް މި ފަހަރުގެ އިންތިހާބުގައި ކާމިޔާބުވީ، ކައުންސިލް ރައީސްގެ ގޮނޑި އާއި މެންބަރެއްގެ ގޮނޑިއެވެ. ބާކީ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނުއިރު، އަނެއް ގޮނޑި ލިބުނީ އިދިކޮޅު އެމްޑީޕީއަށެވެ.

މީގެއިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަސް ގޮނޑީގެ ޖޭޕީއަށް ދެ ގޮނޑި ލިބިފައިވާއިރު ބާކީ ތިން ގޮނޑި ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ.

މި އިންތިހާބުގައި ވެރިކަން ހިންގާ ޕީއެންސީން ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފައިވީ ނަމަވެސް ރާއްޖޭގެ ފަސް ސިޓީގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.