ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހަ މީހުން ހައްޔަރުކޮށްފިއެެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ
- މުހައްމަދު މާހިރު (36އ) ދ. މީދޫ / ހަނީސީޒަން
- އަލީ އީޝާދު (32އ) ސ. ހުޅުދޫ / ސޯސަން
- އާހިލް އަލީ (23އ) މާލެ / ގ. ކަނދުމާގެއާގެ
- ރިކްޒު އާދަމް (23އ) ގދ. ތިނަދޫ / ފައިވްރޯސް،
- މުހައްމަދު ސުހާން އަހްމަދު (39އ) ޅ. ހިންނަވަރު / ދުންތަރި،
- އަބްދުލްމާޖިދު އިބްރާހީމް (38އ)، ލ. ގަން / މުކުރިމަގު، މަތަރެސްމާގެ
ފުލުހުން ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި އެޕްރީލް މަހުގެ 1 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް، ކޯޓުއަމުރެއްގެ ދަށުން މާލޭގެ ދެތަނެއް ބަލައިފާސްކުރި އިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ އީޝާދުއާއި، މުހއްމަދު މާހިރުއާއި، އަބްދުލްމާޖިދު އިބްރާހީމް އާއި މުހައްމަދު ސުހާން އަހްމަދު 15 ދުވަހަށް އަދި އާހިލް އަލީ 12 ދުވަހަށް އަދި ރިކްޒު އާދަމް ފަސްދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
