އާސަންދައިގެ ދަށުން އެމްބިއުލާންސް ލިބޭނެ އިތުރު ހާލަތްތައް ކަނޑައަޅައިފިއެވެ.

އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސަމުންދާ ކަން އިއުލާންކުރެއްވީ ޒު މިދިޔަ ހޯމަ ދުވަހު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މި ނިންމުން ސަރުކާރުން ނިންމާފައިވަނީ ޓެކްނިކަލް ފަންތީގައި ގިނަ ދުވަހު މަޝްވަރާކޮށް، ދައުލަތުގެ ބަޖެޓު ދިރާސާކޮށް، ހަދަންޖެހޭ ހިސާބުތައްވެސް ހެދުމަށްފަހު ކަމަށެވެ.

އެގޮތުގެ މަތިން މިއަދު ސަރުކާރުގެ ގެޒެޓުގައި ވަނީ އާސަންދައިގެ ހިދުމަތް ލިބޭނެ 7 ހާލަތެއް ބަޔާންކޮށްފައެވެ. އެ ހާލަތްތަކަކީ:

  1. ސިއްހީ މަރުކަޒުގައި ފަރުވާ ހޯދާ މީހުން އެހެން މަރުކަޒަކަށް ފަރުވާއަށް ގެންދަންޖެހުން
  2. ތެލެސީމިއާ ބަލި ތަހައްމަލުކުރާ މީހުންނަށް އައުޓްޕޭޝަންޓް ހިދުމަތަށް ގެންދެވުން
  3. އިވެކުއޭޓް ކުރެވޭ ހާލަތުގައި ނުވަތަ ބަލި މީހާ ރާއްޖެއިން ބޭރަށް ރިފާކުރެވޭ ހާލަތުގައި އެއާޕޯޓަށް ނޫނީ ޖެޓީއަށް ގެންދިއުން
  4. މައްޔިތުން އުފުލުން
  5. އެނދުމަތިކޮށްފައިވާ މީހުންނަށް އައުޓްޕޭޝަންޓް ހިދުމަތް ނެގުން
  6. އިމަޖެންސީގައި ނުވަތަ ކުއްލި ހާލަތުގައި ހޮސްޕިޓަލަށް ގެންދިއުން
  7. ވީލްޗެއާގައި ގެންގުޅޭ މީހުންނަށް އައުޓްޕޭޝަންޓް ހިދުމަތް ނެގުމަށް ގެންދާ ހާލަތާއި އެކި ކަހަލަ ޑިސްއެބިލިޓީ ހުންނަ މީހުން. އޭގެ ތެރޭގައި، ފިޒިކަލް ޑިސްއެބިލިޓީ އާއި މެންޓަލް ޑިސްއެބިލިޓީ އަދި އޯޓިޒަމް ޑައުންސިންޑްރޯމް ކަހަލަ ކަންކަން ހުންނަ މީހުންނަށް

މި އިސްލާހަށް އަމަލު ކުރަން ފަށާނީ މިއަދު (އޭޕްރީލް 1، 2026) ވަނަ ދުވަހުން ފެށިގެންނެވެ.

އެ ދުވަހު ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ މިއީ ވަރަށް ބޮޑަށް އެކަމުގެ ސަބަބުން ލުއިތަކެއް ބޭނުންވެގެން ދުވަސްތަކެއް ވެފަ އޮތް ކަމެއް ކަމަށެވެ. މި ނިންމުމުގެ ސަބަބުން ރައްޔިތުންނަށް ލުއިތަކެއް ލިބިގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރުވެސް، ހާލުބޮޑު ބަލި މީހުންނާއި އެމަޖެންސީކޮށް ފަރުވާ ބޭނުންވާ ފަރާތްތައް އެމްބިއުލާންސްގައި ހިލޭ ދަތުރު ކުރެވެއެވެ. އެކަމަކު މި އިސްލާހުގެ ދަށުން އިތުރަށް މި ހިދުމަތް ފުޅާކުރެވޭނެއެވެ.