ފްރާންސްގެ އުފެއްދުމެއް ކަމަށްވާ ކްރޮސެންޓް އަކީ އާންމު ގޮތެއްގައި ހެނދުނު ނާސްތާއަށް ތައްޔާރު ކުރާ މީރު ބާވަތެކެވެ. ދިވެހީންގެ ތެރޭގައި ވެސް މަގުބޫލު ކްރޮސެންޓް ގެ އެކި ފްލެވާ ތައް ހުރެއެވެ. އޭގެ ތެރޭގައި ޗޮކްލެޓް، ބްލޫބެރީ، ސްޓްރޯބެރީ އަދި ބަޓަރު ހިމެނެއެވެ.

އެހެންކަމުން މިއަދުގެ 'ޕްރެސް ބަދިގެ' ސެގްމެންޓުގައި މި ގެނެސްދެނީ ފަސޭހަ ގޮތެއްގައި ކޮޗްލެޓް ކްރޮސެންޓް ތައްޔާރު ކުރާނެ ރެސިޕީއެކެވެ.

ބޭނުންވާ ތަކެތި:

  • ކުކިންގް ޗޮކްލެޓް
  • ޕަފް ޕޭސްޓްރީ

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ޓްރޭއެއްގައި ޕަފް ޕޭސްޓްރީ އެއްކޮށް ރީތިކޮށް ފަތުރާލާނީއެވެ. އެއަށްފަހު ދެން ކުކިންގް ޗޮކްލެޓް މެލްޓު ކުރުމަށްފަހު ފަތުރާލި ޕަފް ޕޭސްޓްރީ މަތީ ޗޮކުލެޓް ހާކާލާނީއެވެ. އަދި އޭގެ މަތިން ޕަފް ޕޭސްޓްރީ ޝީޓެއް އެޅުމަށްފަހު ތިނެސްކަނަށް ކަފާލާށެވެ.

ކްރޮއިސެންޓް ތައްޔާރު ކުރަނީ

އަދި ތިނެސްކަނަށް ކެފި ޕަފް ޕޭސްޓްރީތައް އެންމެ ބޮޑު ފަޅިން ފެށިގެން ކަނާ ހަމައަށް ރޯލް ކޮށްލުމަށްފަހު އަވަނަށްލާ ފިހެލާށެވެ.