ކީރިތި ގުރްއާން ހިތުދަސްކުރާ ހާފިޒުންނަށް ރައީސް ދެއްވާ މެޑެއްޔާއި އިނާމު، މާޗް 1 ވަނަ ދުވަހު ދޭ ގޮތަށް ހަމަޖައްސައިފިއެވެ.
ރައިސް އޮފީހުން ބުނީ، މެޑެއްޔާއި އިނާމު ދިނުން އޮންނާނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމް ކޮށްގެން އިސްލާމީ މަރުކަޒުގައި އެކަމަށްޓަކައި އެ ރޭ ބާއްވާ ހާއްސަ ޖަލްސާގައި ކަމަށެވެ.
ކީރިތި ގުރްއާން ހިތުދަސްކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު މިއަހަރު ލިބިވަޑައިގަންނަވަނީ 50 ހާފިޒުންނަށެވެ. އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިގޮތުގައި މި އަހަރަކީ ތާރީހީގޮތުން އެންމެ ގިނަ އަދަދަކަށް ގުރުއާން ހިތުދަސް ފަރާތްތައް ދަސްވެނިވާ އަހަރު ކަމަށެވެ.
ހާފިޒުންނަށް، ރައީސް ދެއްވާ މެޑެއްޔާއި އިނާމު މިދިޔަ އަހަރު ދެއްވާފައިވަނީ، ރޯދަ މަހުގެ 27 ވިލޭރޭ ބޭއްވި ހާއްސަ ޖަލްސާގައެވެ.
ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ދަރިވަރުންނަށް ސަރުކާރުން މިހާރު 4000 ހާސް ރުފިޔާގެ އިނާޔަތެއް ވެސް ދެއެވެ. އެ ހާއްސަ އިނާޔަތް ކަނޑައަޅާނީ ރައީސް އޮފީހުގެ ލަފާގެ މަތިން ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުންނެވެ. މި އިނާޔަތް ދާއިމީ ގޮތެއްގައި ކޮންމެ މަހަކު ހާފިޒުންނަށް ލިބޭނެ އެވެ.
