ކ. ގުޅިފަޅު ކައިރިން ބަންޑުން ޖަހާލި ލޯންޗެއްގައި ތިބި ބަޔަކު އެމްއެންޑީއެފްއިން ސަލާމަތް ކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނީ، އެ ލޯންޗުގައި 9 ފަތުރުވެރީންނާއި، 2 ފަޅުވެރީން ތިބި ކަމަށެވެ.

"ބުލެޓް ސްޕީޑް" ނަމަކަށްކިޔާ މި ލޯންޗުން ދަތުރުކުރަމުންދިޔަ މީހުން ކަނޑުވެފައިތިއްބައި ފުރަތަމަ ނަގާފައިވަނީ، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "ބީޗް ސްޓޯން" ނަމަކަށް ކިޔާ ލޯންޗަކަށެވެ.

އޭގެފަހުން ސީނަށް އެޓެންޑްވި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓަށް އެ މީހުން ބަދަލުކޮށް، މިއަދު 09:40 ހާއިރު އެންމެން ސަލާމަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އެ މީހުން މިހާރު މާލެ ގެނެސްފައިވާކަން ފާހަގަކޮށް އެމްއެންޑީއެފް އިން ބުނީ، މި ހާދިސާގައި ކަނޑުވި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިނުކަމުގެ މަޢުލޫމާތު ލިބިފައި ނުވާ ކަމަށެވެ.