ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ހައިކޯޓު ތަމްސީލުކުރައްވާ ފަނޑިޔާރަކަށް، އެ ކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު ހަމަޖައްސަން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރުންގެ މައްސަލަތައް ބަލައި، ފިޔަވަޅު އަޅާ ކޮމިޝަންގެ މެންބަރުކަމަށް ފަނޑިޔާރު ޝަފީއު އައްޔަންކުރީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަމަށެވެ.

މިއަދު ހައިކޯޓުން، ޝަފީއު ޖޭއެސްސީއަށް އިންތިހާބު ކުރިނަމަވެސް، ޝަފީއު ޖޭއެސްސީއަށް އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯ (އެލްއެލްބީ) ހާސިލުކުރައްވާފައިވާ ޝަފީއުވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯ ހާސިލުކުރައްވާފައެވެ.

2013 ވަނަ އަހަރު ހައި ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ޖުޑިޝަރީ އާއި ގުޅިވަޑައިގެންނެވި ޝަފީއު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވީ އޮކްޓޯބަރު 4، 2020 ގައެވެ. މީގެ ކުރިންވެސް ޝާފިއު ވަނީ ޖޭއެސްސީ ގެ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި މަސައްކަތް ކުރައްވާފައެވެ.