ބޭންކް އޮފް މޯލްޑިވްސްގެ ސްޓޫޑެންޓް ކާޑު ކަސްޓަމަރުންނަށް މެލޭޝިއާއަށް އާއިލީ ދަތުރެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބީއެމްއެލް އިން ބުނީ، މި ޕްރޮމޯޝަން ކުރިއަށް ދާނީ 1 ޖަނަވަރީ އިން އަންނަ މަހުގެ 16ގެ ނިޔަލަށް ކަމަށެވެ. މި ޕްރޮމޯޝަނުގެ މުއްދަތުގައި، ޕްރޮމޯޝަނުގައި ހިމެނޭ ފިހާރަތަކުން ބީއެމްއެލްގެ ޕޮއިން އޮފް ސޭލް (ޕީއޯއެސް) ޓަާމިނަލްތަކުން އަދި ބީއެމްއެލް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް ސްޓޫޑެންޓް ކާޑުން ކުރާ ހުރިހާ ޓްރާންސެކްޝަނެއް މި ޕްރޮމޯޝަންގެ ގުރުއަތުގައި ހިމެނޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަކަށް ބޮޑު އިނާމުގެ ގޮތުގައި މެލޭޝިއާގެ ލެގޯލޭންޑަށް ދަތުރެއް ލިބޭނެ އެވެ. މި އިނާމަށް ހޮވޭ ފަރާތަކަށް ހަމަޖެހިގެންދާނެ ކަންތައްތަކުގެ ތެރޭގައި މެލޭޝިއާގެ ޖޮހޯ އަށް އެއާއޭޝިއާއިން ތިން މީހަކަށް ދެކޮޅު ޓިކެޓު ލިބޭނެއެވެ. އެއީ ކުޑަ ކުއްޖަކާއި ބޮޑު ދެމީހުން ހިމެނޭ ހެން 3 މީހުންނަށް ލިބޭ ދެކޮޅު ޓިކެޓެވެ.
ހަމައެއާއެކު ލެގޯލޭންޑަށް 1 ދުވަހުގެ އެޑްމިޝަން ފާހާއި، ޑަބަލް ރޫމެއްގައި 4 ރޭގެ ހުރުން ވެސް ހިމެނޭ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މީގެ އިތުރުން، ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ހަފްތާއަކު 5 ނަސީބުވެރިން ހޮވުމަސް ވެސް ވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ނަސީބުވެރިއަކަށް 2000 ރުފިޔާގެ ގިފްޓް ކާޑެއް ދިނުމށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮމޯޝަނުގައި ހިމެނޭ ވިޔަފާރިތަކުގެ ލިސްޓު އަދި އިތުރު މައުލޫމާތު މި ލިންކުން ލިބޭނެއެވެ.
