ކުލަގަދަ ރަސްމިއްޔާތަކާއެކު ވ. އަތޮޅުގެ ފުޓްސަލް މުބާރާތް ފަށައިފިއެވެ.
ޖުމްލަ 3 ޓީމަކާއެކު މި މުބާރާތް ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
މުބާރާތުގައި ފުރަތަމަ މެޗުގައި ކެޔޮދު އަދި ފެލިދޫ ވާދަކުރިއިރު 4 - 2 ނަތީޖާއަކުން މެޗު ކާމިބުކޮށްފައިވަނީ ފެލިދޫގެ ޓީމުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޖެހި ލަނޑުގެ އިތުރުން ދެވަނަ ހާފުގައި ޖެހި 2 ލަނޑާއެކު އެ ޓީމުގެ ޖާޒީ ނަންބަރު 10، އަލީ އަލްސަން ފެލިދޫ ޓީމަށް ލީޑު ފުޅާކޮށްދިނެވެ.
ދެވަނަ ހާފްގެ 16 ވަނަ މިނެޓްގައި ކެޔޮދޫ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިނީ އެ ޓީމުގެ ޖާޒީ ނަންބަރު 16 އަހްމަދު ރަޝީދުއެވެ. އަދި ކެޔޮދޫ ޓީމުން 18 ވަނަ މިނެޓްގައި 2 ވަނަ ލަނޑެއް ޖެހިއިރު، ފެލިދޫ ޓީމުގެ 4 ވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށެވެ. އެ ލަނޑު ޖަހައިދިނީ ޖާޒީ ނަންބަރު 11 މުހައްމަދު ޔަފާއު (ޔާ) އެވެ.
މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ފެލިދޫ ޓީމަށް ހެޓްރިކް ހަދައިދިން އަލީ އަލްސަން (އައްލޭ) އެވެ.
އިއްޔެ ކުޅުނު މުބާރާތުގެ ދެވަނަ މެޗުގައި ވާދަކުރީ ކެޔޮދޫ އަދި ފުލިދޫގެ ޓީމުންނެވެ. އެ މެޗު ނިމިފައިވަނީ 2-2ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅުކުޅުންތެރިއާއަކީ ފުލިދޫ ޓީމުގެ ޖާޒީ ނަންބަރު 10، މުހައްމަދު އިސާމްއެވެ.
