ގަލޮޅު ކަންމަތި ސަރަޙައްދުގެ ގޯޅިގަނޑެއްގެ ތެރޭގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ، ގަލޮޅު ކަންމަތި ސަރަޙައްދުގެ ގޯޅިގަނޑެއްގެ ތެރޭގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައި ވަނީ މިރޭ 21:52 އެހާއިރު ކަމަށެވެ.
އެއާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން އަލިފާން ނިއްވުމަށް ހަރަކާތްތެރިވަމުންދާ ކަމަށް މައުލޫމާތު ދެއެވެ.
ނަމަވެސް މި ހާދިސާގައި މިހާތަނަށް މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާއިރު އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފް އިން ހިއްސާކޮށްފައި ނުވެއެވެ.
އެ ސަރަހައްދުގައި އަލިފާން ރޯވެފައިވާ މަންޒަރު ދައްކުވާދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ވީޑިއޯއިން ފެންނަ ގޮތުގައި ވަރަށް ބޮޑަށް ހުޅު ހިފާއފައިވާ މަންޒަރު ފެނެއެވެ.
