ކުޅުދުއްފުށީ އެއާޕޯޓުގެ އެސިސްޓެންޓް މެނޭޖަރު، އަބްދުލް އަހަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އަހަދު ހައްޔަރު ކުރީ އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ކުރި އަމުރަކާ ގުޅިގެން ކަރެކްޝަންސް އާ ހަވާލު ކުރަން ކަމަށެވެ.

އެނގިފައިވާ ގޮތުގައި އަހަދު ހައްޔަރުކުރީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މި މަހުގެ 3 ވަނަ ދުވަހުއެވެ.

ނަމަވެސް އޭނާ ހައްޔަރު ކުރީ ކޮން ސަބަބަކާ ހުރެކަން ފުލުހުން ހާމައެއް ނުކުރެ އެވެ.

އަހަދު، ކުޅުދުއްފުށީ އެއާޕޯޓުގެ އެސިސްޓެންޓް މެނޭޖަރު ކަމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ މާޗް މަހުއެވެ.