މިދިޔަ މަހު ރާއްޖެއިން 292 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓް ކޮށްފައިވާ އިރު، 379 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން އާންމުކުރި ތަފާސްހިސާބަސް ބަލާއިރު، ރާއްޖެއަށް އެތެރެކޮށްފައިވާ މުދަލަށް ބަލާއިރު، ޖުމްލަ 4.7 ބިލިއަން ރުފިޔާގެ ތަކެތި އެތެރެކޮށްފައި ވެއެވެ. އޭގެތެރެއިން ތެލުގެ ބާވަތްތައް ނުހިމަނާ އެތެރެކޮށްފައި ވަނީ 3.8 ބިލިއަން ރުފިޔާގެ މުދާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މިދިޔަ މާޗް މަހާއި ފެބްރުއަރީ މަހު އިމްޕޯޓް ކުރި މުދަލަށް ބަލާއިރު، ތެލުގެ ބާވަތްތައް ނުހިމަނާ ޖުމްލަ އިމްޕޯޓް ހުރީ 3.5 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް އެ މުއްދަތުގައި ތެޔޮ ހިމަނައިގެން އިމްޕޯޓު ކުރި މުދަލުގެ އަގު 4.4 ބިލިއަން ރުފިޔާއަށް އަރައެވެ.

އެންމެ ގިނައިން އިމްޕޯޓުކޮށްފައިވާ ގައުމުތަކަކީ:

  • ޔޫއޭއީ - 1333 މިލިޔަން ރުފިޔާގެ މުދާ
  • އިންޑިއާ - 735 މިލިޔަން ރުފިޔާގެ މުދާ
  • ޗައިނާ - 472 މިލިޔަން ރުފިޔާގެ މުދާ
  • ސިންގަޕޫރު - 425 މިލިޔަން ރުފިޔާގެ މުދާ
  • ސްރީލަންކާ - 261 މިލިޔަން ރުފިޔާގެ މުދާ
ރާއްޖެއަށް އެތެރެކުރާ މުދާތައް ކްލިއާ ކުރުމުގެ ތެރެއިން / ފޮޓޯ: އެމްޕީއެލް

އޭޕްރީލް މަހު އެކްސްޕޯޓް ކުރި މުދަލަށް ބަލާއިރު، 292 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓް ކޮށްފައެވެ. މިދިޔަ މާޗްމަހު މިއަދަދު ހުރީ 204 މިލިޔަން ރުފިޔާގައެވެ. އެހެންކަމުން އެޕްރީލް މަހު އެކްސްޕޯތް ކުރި ިމންވަރު މި ވަނީ މާޗް މަހާ އަޅާ ބަލާއިރު 88 މިލިއަން ރުފިޔާ މި ވަނީ އިތުރުވެފައެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައި ވަނީ ތައިލެންޑަށެވެ. އެގޮތުން 186 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާ އިރު އިނގިރޭސިވިލާތައް 43 މިލިޔަން ރުފިޔާގެ މުދާ، މިސްރަށް 12 މިލިއަން ރުފިޔާގެ މުދާ، ވިއެޓްނާމަށް 12 މިލިޔަން ރުފިޔާގެ މުދާ އަދި ސްވިޓްޒަލޭންޑަށް 11 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓު ކޮށްފައެވެ.

އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު އޭޕްރިލްމަހު އާމްދަނީ ހުރީ 379 މިލިޔަން ރުފިޔާގައެވެ. މެއި މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް ލިބިފައިވަނީ 350 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ 29 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.