އެޗްޑީސީން ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ 'ވިނަރެސް' ޓަވަރު 6 ގައި އެޗްޑީސީގެ ކަސްޓަމާ ކެއާ އޮފީހެއް ހުޅުވައިފިއެވެ.

އެޗްޑީސީން ބުނީ، މި އޮފީސް ހުޅުވާފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއި ފަސޭހަކޮށް، ފަސޭހައިން އެޗްޑީސީގެ ކަސްޓަމާ ކެއާ މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ މަގު ފަހިކުރުމަށް ކަމަށެވެ. މި އޮފީސް ގާއިމްކޮށްފައި ވަނީ ވިނަރެސްގެ ހަ ވަނަ ޓަވަރުގެ އެއްވަނަ ފަންގިފިލާގައެވެ.

ހުޅުމާލެ ފޭސް 2 ގައި ހުޅުވި އެޗްޑީސީގެ އާ އޮފީސް

ކަސްޓަމަރުންނަށް މައުލޫމާތު ސާފުކޮށް ދިނުމާއި، އެކި ކަހަލަ ފޯމު އެޕްލިކޭޝަންތަކާއި ފައިސާ ބަލައި ގަތުމުގެ ހިދުމަތް ވެސް މި އޮފީހުން ލިބޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 2:00 އަށް މި އޮފީސް ހުޅުވާފައި ހުންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

'ހިޔާ' ޓަވަރުގައި ގާއިމްކޮށްފައިވާ އެޗްޑީސީގެ އޮފީސް ދާއިމީކޮށް ބަންދު ކުރުމާ ގުޅިގެން، އެ އޮފީހުން ދެމުން އައި ހުރިހާ ހިދުމަތެއް މީގެ ފަހުން ލިބޭނީ 'ވިނަރެސް' ގައި ގާއިމް ކުރި އެޗްޑީސީ އޮފީހުންނެވެ.