ޅ. ނައިފަރާއި ކ.ހުރާގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން އެންގި އެންގުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) ކޮށްފައިވާ އިއުލާނެއްގައި ބުނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން، މާޗް ހަތަރު ވަނަ ދުވަހު އަޅާފައިވާ ފިޔަވަޅުތައް އެޕްރީލް ހަތް ވަނަ ދުވަހުން ފެށިގެން އިތުރު ފަސް ދުވަހުގެ މުއްދަތަށް އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ.
ނައިފަރާއި ހުރާގައި ހާއްސަ ފިޔަވަޅުތައް އަޅާފައިވަނީ މިދިޔަ މަހު 31 ވަނަ ދުވަހުއެވެ.
ނައިފަރާއި ހުރާގައި އެޅި ހާއްސަ ފިޔަވަޅުތައް:
- ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ދާ ދިޔުން ފިޔަވައި އެހެނިހެން ބޭނުންތަކަށް، މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން ހުއްޓާލުން.
 - އެއްފަހަރާ 3 މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާނުގައި އެއްވެ އުޅުން ހުއްޓާލުން.
 - އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން.
 - ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުންހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓާލުން. މީގެ ތެރޭގައި ޑެލިވަރީގެ ހިދުމަތްދިނުމެއް ނުހިމެނެއެވެ.
 - ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.
 - ކުޅިވަރު ގެ ހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުން.
 - ފިހާރަތަކާއި ބޭންކުތައް ފަދަ އާންމު ހިދުމަތް ދޭ ތަންތަނުގައި ހިދުމަތް ދޭއިރު، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ހިދުމަތް ދިނުން.
 - ސްކޫލަށް ދަރިވަރުން ގެންގޮސްގެން ކްލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލުން.
 
އެފިޔަވަޅުތަކުން، އިސްތިސްނާވާނީ ސިފައިންނާއި ފުލުހުންނާއި ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި އެމްބިއުލަންސް އާއި ޓާސްކުފޯހުގެ ފާސް ލިބިފައިވާ ފަރާތްތަކުގެ އިތުރުން އެމެޖެންސީކޮށް ސިއްހީ ހިދުމަތް ހޯދާންޖެހޭ ފަރާތްތަކަށް ކަމަށް އެޗްޕީއެއިން ބުނެއެވެ.
